ގަލޮޅު ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް ދޭއްގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ފޭސް ދޭއްގެ ކޮންކްރިޓް މަސައްކަތްއް އެއްކޮށް ނިމިފައިވާއިރު، އެ ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކުގައި ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
އެ ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެ ޕާކުގައި އިވެންޓްތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު