Advertisement

މިދިޔަ ހަފްތާގައި އެމްޕީއެލުން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ކްލިއާ ކޮށްފައިވާ 1،359 ކޮންޓެއިނަރުގެ ތެރޭގައި 20 ފޫޓުގެ 553 އަދި 40 ފޫޓުގެ 403 ކޮންޓެއިނަރު ހިމެނެއެވެ.

Advertisement

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް، ބަރަބޯ އަދި ސްވީޓް މެލަން ހިމެނޭ ކޮންޓެއިނަރުތައް ކްލިއާކޮށްފައެވެ.

މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 14،540 ޕެކޭޖުގެ ބިސް، 11،617 ޕެކޭޖުގެ ފިޔާ، 5،415 ޕެކޭޖުގެ ކަރާ، 5،647 ޕެކޭޖުގެ އަލުވި އަދި 3،672 ޕެކޭޖުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 1،819 ޕެކޭޖުގެ އަލަނާސި، 2،157 ޕެކޭޖުގެ ކެބެޖް، 2،087 ޕެކޭޖުގެ ދޮންކެޔޮ، 809 ޕެކޭޖުގެ ބަރަބޯ އަދި 539 ޕެކޭޖުގެ ސްވިޓް މެލަން ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކާގޯ އޮޕަރޭޝަންތަކުގައި ތިން ކޮންޓެއިނާ އުޅަނދާއި ތިން ޖެނެރަލް ކާގޯ އުޅަނދު ހިމެނޭ ކަމަށް މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްޕީއެލްއިން ދަނީ ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި ހަފްތާގައި އެންމެ ގިނައިން ކުލިއާކޮށްފައިވަނީ ފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި