Advertisement

ޗައިނާގެ ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، އިންތިޒާމުކުރެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ޚާއްޞަ ޖާފަތް ބޭއްވެވީ ޓިއަންޖިން މެއިޖިއަންގ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. މި ޖާފަތަކީ، ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި މަލްޓިލެޓެރަލް އެޖެންސީތަކުގެ އިސްވެރިންގެ ޝަރަފުގައި އިންތިޒާމުކުރައްވާފައިވާ ޖާފަތެކެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

2001 ވަނަ އަހަރު އުފެދުނު އެސް.ސީ.އޯ އަކީ ޔޫރޭޝިއާ ސަރަޙައްދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއިން މެމްބަރު އަދި ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުހިންމު އިސްތިރާޖީ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ