Advertisement

ޖުލައިމަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވޭ: ކަސްޓަމްސް

ހުސްވި ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 222 އިންސައްތަ އިތުރުވެފައެވެ.

Advertisement

މިދިޔަ އަހަރުގެ ޖުލައި މަހު 65 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދު ވަނީ 210 މިލިއަން ރުފިޔާއަށް އަރާފައެވެ.

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރެވުނު މުދަލުގެ އަގު ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު 945 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، 2024 ގެ މި މުއްދަތުގައި އެކްސްޕޯޓްކުރެވުނު މުދަލުގެ އަގު ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ މައިގަނޑު ބައި ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށެވެ.

ވޭތުވެދިޔަ ހަތ މަސްދުވަހުގެ ތެރޭގައިވެސް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ އެހެނިހެން ބާވަތްތަކެވެ.

މި ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް (809.44 މިލިއަން ރުފިޔާ) އަދި އިނގިރޭސިވިލާތަށް (252.46 މިލިއަން ރުފިޔާ) އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާ (712 މިލިއަން ރުފިޔާ)، އިންޑިއާ (704 މިލިއަން ރުފިޔާ)، އަދި ޔޫއޭއީ (622 މިލިއަން ރުފިޔާ) އިންނެވެ.

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ޖުލައި މަހު 295 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 69 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ