Advertisement

ތައިލޭންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

ސަސްޕެންޑުގައި ހުރި ތައިލޭންޑުގެ ބޮޑުވަޒީރު، ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ވަކިކޮށްފިއެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުން ދަނިކޮށް، ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރަކަށް ގުޅައި ދެއްވި ވާހަކަތަކެއްގެ ފޯނު ކޯލު ލީކުވުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑް ކުރީ ކޯޓުގައި ތިއްބެވި 9 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރުންގެ ވޯޓުންނެވެ.

Advertisement

އޭނާ މަގާމުން ވަކިކުރުމުން 2008 ވަނަ އަހަރަށްފަހު، މަގާމުން ދުރުކުރި 5 ވަނަ ބޮޑުވަޒީރަށް އެކަމަނާ ވެގެންދިޔައީއެވެ. މިއާއި އެކީ އެގައުމުގައި އިންތިހާބު ބޭއްވުން ވެސް އަވަސްވެގެންދާނެއެވެ.

ތައިލޭންޑާއި ކެމްބޯޑިއާއާއި ދެމެދު އުފެދިފައިވާ ބޯޑަރު މައްސަލައާއި ގުޅިގެން ޑިޕޮލޮމެޓިކް މައްސަލަތަކެއް ވެސް ވަނީ އުފެދިފައެވެ. އަދި ދާދި ފަހުން ދެ ގައުމުން ވަނީ ހަމަލާބަދަލުކުރުންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

10 މަސް ވަންދެން އެގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝިނާވަތްރާ (38އ) ގުޅާފައިވަނީ ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ ހަން ސެންއަށެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ އެ ފޯނު ކޯލުކޮށްފައިވަނީ ނިމިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭނާ އާއި މުހާތަބު ކޮށްފައިވަނީ “އަންކަލް”ގެ ނަމުން ކަމަށް ވެސް ރިޕޯޓްތަކުން ބުނެފައެވެ.

އަދި އޭނާއަށް ދާހިލީ ޕްރެޝަރު ކުރިމަތިވެފައިވާ ކަމަށާއި އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ހަން ކައިރީ ބުނެފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޢ ޢަޙޮމަދު
Kithamme bareh viyas raaqe ga miheneh nuvey.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ