Advertisement

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement

އޭނާގެ ބަންދަށް އިއްޔެ ކްރިިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.

އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ ގަސްދުގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ނުތަޅާ ކަމަށާއި، އޭނާގެ އަތުން ޖެހިގެން ތަޅައިގެން ދިޔައީ ކަަމަށެވެ. އަދި އެކަމަށް އިއުތިރާފްވެ އެއްބަސްވުން ހަދަން ބޭނުންވާ ކަަމަށްވެސް ބުނެފައިވާ ކަމަށް އަމުރުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ބަންދު/ހައްޔަރުގެ ރެކޯޑް އޮންނަ މީހެކެވެ.

މި ފިހާރައިގެ ބިއްލޫރިގަނޑު މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ތަޅާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އަދި މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަމަށްވެސް މި މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ