އަވަށްޓެރި އިންޑިއާއިން 14 މީހުންގެ ޖާގައިގެ ވޭނެއް ރާއްޖޭގެ އިމިގްރޭޝަނާ އިއްޔެ ހަވާލުކޮށްފިއެވެ.
މި ވޭން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައެވެ.
އިންޑިއާގެ ފަރާތުން މި ވޭން، އިމިގްރޭޝަންއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަންއެވެ. އަދި އިމިގްރޭޝަންގެ ފަރާތުން މި ވޭނާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު ފަސީހެވެ.

މިއީ އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭނެ އުޅަނދެކެވެ.
އިންޑިއާ އިން އަންނަނީ ރާއްޖެއަށް އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
- 1- ފްރީ ޓްރޭޑް އެއްބަސްވުން
- 2- 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން
- 3- ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުން
- 4- މަސްވެރިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ ފަހުމުނާމާ
- 5- ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން
- 6- ތިމާވެށީގެ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުން
- 7- ޑިޖިޓަލައިޒޭޝަންގެ އެއްބަސްވުން
- 8- އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމުގެ އެއްބަސްވުން
- މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު