Advertisement

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މެގަ ސޭލް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން “މެގަ ސޭލް ޕްރޮމޯޝަން” ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ވިދާޅުވީ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ. ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި:

  • 1 ވަނަ އަށް ހޮވޭ ފަރާތަކަށް – ފިލިޕްސް 50 އިންޗިގެ ޓީވީ އަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑް ގެ އައިސްއަލަމާރިއެއް
  • 2 ވަނަ އަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ވޯޓަރ ޑިސްޕެންސަރ، ދޮންނަ މެށިން އަދި ހިޓާޗީގެ ފަންކާއެއް
  • 3 ވަނައަށް ހޮވޭ ފަރާތަކަށް – ހިޓާޗީ ޑިޝް ވޮޝަރ އަދި ރައިސް ކުކަރެއް

މީގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން މީސް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މީސް މީޑިއާ ޕޭޖްތަކަށް ފޮލޯ ކުރުމަށް ފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކޮށްގެން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕައެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައިގަނެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް stopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް MegaSalePC# އާއެކު ޕްރޯޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔަ އެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ ޕްރޮޑަކްޓް ތަކަކުން %35 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޮކްޓޯބަރު 20 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ