Advertisement

ޣައްޒާގެ ބްލަޑް ބޭންކް ހުސްވަނީ، ސިއްހަތާ ބެހޭ ވުޒާރާގެ ކަންބޮޑުވުން އިންތިހާއަށް!

ލެބޯޓްރީ ތަކެއްޗާއި ބްލަޑް ބޭންކް ސާމާނު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ބުނެ، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިންޒާރު ދީފިއެވެ.

މިކަމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ގިނަ ޓެސްޓްތައް ނުކުރެވި، ހުއްޓިފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Advertisement

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ލެބޯޓްރީ ޓެސްޓިން ސާމާނުގެ 49 އިންސައްތަ ސްޓޮކް ހުސްވެފައިވާއިރު ލޭ ހިމެނޭހެން ބާކީ އަސާސީ ސަމާނުގެ 60.3 އިންސައްތަ މަހަކަށް ބޭނުން ކުރެވޭ ވަރަށް ވުރެ ވެސް މަދުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ލެބޯޓްރީގައި ބޭނުންވާ ޒަރޫރީ ތަކެތީގެ ދެބައިކުޅަ އެއްބައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ އޮޕަރޭޝަން ރޫމްތަކާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ހެދޭ އަސާސީ ގިނަ ޓެސްޓުތައް ހުސްވެ، އެހެނިހެން ބައެއް ޓެސްތްތައް ވެސް ހުސްވުމުގެ މަގުމަތީގައިވާ ކަމަށެވެ. ކިޑްނީ އާއި ލިވަރ ޓްރާންސްޕްލާންޓް ކުރާ ބަލި މީހުންގެ ލޭގައި ބޭހުގެ މިންވަރު ޓެސްޓް ކުރުމަށް ބޭނުންވާ ތަކެތި އެއްކޮށް ހުސްވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ލެއާ ގުޅޭ ޓެސްޓް ކުރުމަށް ބޭނުންކުރާ ތަކެތި ފުދޭނީ މަދު ދުވަސްކޮޅަކަށް ކަމަށް އެ ރިޕޯޓުގައިވެއެވެ. އެޗްބީއެސްއޭޖީ، އެޗްސީވީ އަދި އެޗްއައިވީ ހިމެނޭ ގޮތަށް ވައިރަލް ލޭ ޓެސްޓް ކުރުމަށް ބޭނުންވާ ސާމާނު ވެސް ހުރީ މަދު ދުވަސްކޮޅަކަށް ބޭނުންކުރެވޭ ވަރަށް ކަމަށާއި އޭގެ ސަބަބުން ރައްކާތެރި ނޫން ލޭ އެޅުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ލެބޯޓްރީގެ ސާމާނުގެ ގާތްގަނޑަކަށް 45 އިންސައްތައަށް ގެއްލުން ލިބި، ހަލާކުވެފައިވާ ކަމަށާއި އެ ސަމާނު ރަނގަޅުކޮށް، ބޭނުންކުރެވޭ ހާލަތަށް ގެނެއުމަށް އަވަސް ހިދުމަތްތަކެއް ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި