Advertisement

ކަނބުލޮ ރިކޯޑުތައް މުގުރާލާނެ ފިލްމެއްބާ؟

ދިވެހި ސިނަމާ އަނެއްކާ ވެސް ރޮއްވަލާނެ ވަރުގެ ފިލްމެއް އަޅުވަން މިއޮތީ ތައްޔާރުވެފަ އެވެ. ޑައިރެކްޓަރު ހުސެއިން މުނައްވަރުގެ “ކަނބުލޮ” ގެ އިހުސާސްތައް އެހާވެސް އަސަރުގަދަވާނެ ކަމަށް ބެލެވެ. ފިލްމު “ކަމަނަ” އަށްފަހު މުނައްވަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަނބުލޮއަކީ ވެސް ފިސާރި އަނިޔާ އާއި ވޭން ފެންނާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތި ކަމުގެ ތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަން ވެސް ފެނިގެންދާ މިފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 31 ގައެވެ.

މިހާރު ކުރަމުން އަންނަނީ ފިލްމުގެ ފައިނަލް މަސައްކަތް ތަކެވެ. މާލޭގެ އިތުރުން ތިރީހަށްވުރެ ގިނަ ރަށްށުގައި ފިލްމު އެޅުވުމަށް މިހާރު ވަނީ ފައިނަލްވެފަ އެވެ. މިއީ އަދި މިހާތަނަށް ފިލްމު އަޅުވަން އެދިފައި ހުރި ރަށްތަކުގެ ތެރެއިން ތާރީޚުތައް ފައިނަލްވެފައި ހުރި ރައްތައް ކަމަށް ކަނބުލޮ ފިލްމުގެ ޓީމުން ބުނެއެވެ. އެހެންވީމާ ކުރިއަށް އަދިވެސް ގިނަ ރަށްތަކެއްގައި މި ފިލްމު އަޅުވާނެ ކަމަށް ބެލެވެއެވެ.

Advertisement

ކަނބުލޮ ފިލްމާމެދު އުންމީދު ބޮޑުވެގެންދިޔަ އަނެއް ސަބަބަކީ މި ފިލްމުގެ ޓިކެޓު ވިއްކަން ހުޅުވާލުމާއެކު ގިނަ ޝޯތަކެއް ހައުސްފުލްވުމެވެ. ގިނަ ބަޔަކު ފިލްމުގެ ޓިކެޓު ނެގުމަށް ކިޔުހަދާލާފައި އޮތް މަންޒަރު ފެނުނެވެ.

ފިލްމުގެ ޓްރެއިލާއިން މިހާތަނަށް ފެނުނު މަންޒަރުތަކުން ވެސް ގައިންހީބިހި ނަގައިގެންދާފަދަ އަސަރުގަދަ މަންޒަރުތަކެއް ވަނީ ފެނިގެންގޮސްފަ އެވެ.

ޓްރެއިލާ އާއެކު ފިލްމަށް ކުރެވޭ އިންތިޒާރު ވެސް މިވަނީ ބޮޑުވެގެން ގޮސްފައެވެ. މި ފިލްމަކީ ކޮންމެހެން ދައްކަންޖެހޭ އެކަމަކު ފޮރުވިފައި އޮންނަ “އާއިލާތަކުގެ ބޮޑު ސިއްރުތައް” ކިޔައިދޭނެ ފިލްމެކެވެ. އަދި އެ ކަންކަމާ ދެކޮޅަށް ނުކުންނަން މީހުންނަށް ހިތްވަރު ލިބޭފަދަ ފިލްމަކަށް ވެގެންދާނެ އެވެ. ކަނބުލޮ ފިލްމުގެ ޓީމުން އުއްމީދު ކުރަނީ މި ފިލްމުން ދޭ މެސެޖުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް އައުމެވެ.

މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މަހުދީ އަހުމަދެވެ.

މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު “ޔުކްތާ” ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ކިޑް ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯއިން ގެނެސްދޭ “ކަނބުލޮ”ގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ އާއި އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު, އަދި މަރިޔަމް ޝަކީލާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ