Advertisement

ޙައްޖާއި ގުޅޭ ކަންކަމަށް މި ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން – ޝަހީމް

ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް ގެންނަމުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ޙައްޖުގެ ކަންކަމަށް ލުއިފަސޭހަކަން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 1446 ވަނަ އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންކަމަށާއި މިކަމުގެ ސަބަބަބުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު އެތައް ގަޑިއިރަކުން ދެތިން މިނެޓަށް ކުޑަކުރެވިފައިވާކަމަށެވެ.

އަދި ޙައްޖުވެރިން މަައްކާއިން މަދީނާއަށް ކުރައްވާ ދަތުރު ރައީސް ޑރ. މުޢިއްޒުގެ ސީދާ ނިންމެވުމާއެކު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ނިންމާ ފާއިތުވެދިޔަ ޙައްޖު މޫސުމުގައި އެގޮތަށް ޢަމަލުކޮށްފައިވާކަމަށާއި މީގެ ކުރިން 8 ގަޑިއިރު ބަހުގައި ކުރާ ދަތުރު ޓްރެއިންގައި 2 ގަޑިއިރަށް ކުޑަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބިގެންދާ ބޮޑެތި ލުއިފަސޭހަތަކެއްކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ