ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް އެމަނިކުފާނު ވަޑައިގެންނެވުމާއިއެކުގައި އެވެ.
އެގޮތުން ބިންގާ އެޅުމުގެ ޚާއްސަ ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއާއި އެރަށުގެ ކައުންސިލްގެ ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ.
ކުޑަރިކިލު ޞިއްޚީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް ސަރުކާރުން މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހަވާލުކުރީ ފެނަކަ ކޯޕަރޭޝަންއަށެވެ.
ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެނަކައާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 7,641,116.64 ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު