Advertisement

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި

ޗާންދަނީ މަގު، އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖެހީ ހޯމަ ދުވަހުއެވެ.

Advertisement

ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ރަޒީން ވަނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި އެކިފަހަރުމަތިން ހައްޔަރުކޮށްފައެވެ. އަދި އޭނާއަކީ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.

މާލޭގައި ވަރަށް ފަހުން ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކުރިއެވެ.

އޭގެ ކުރިން، އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ