ފަލަސްތީނުގެ ޣައްޒާއަށް ޒަޔަނިސްޓް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިއަދު އެކަނިވެސް 69 މީހުން ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ޝަހީދުކޮށްލި މީހުންގެ ތެރެއިން 37 މީހުންނަކީ، ބަނޑުހައިހޫނުކަމުން ސަލާމަތްވުމަށްޓަކައި ކާބޯތަކެތި ހޯދަން މަސައްކަތް ކުރަނިކޮށް ޝަހީދުކޮށްލި މީހުންނެވެ. މިކަމުން ދައްކުވައިދެނީ، ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅުމުގެ އެންމެ އަސާސީ ހައްގުތައް ވެސް އިޒްރޭލުން ނިގުޅައިގަންފައިވާ މިންވަރެވެ.
ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް އިޒްރޭލުން ދަނީ ހުރަސް އަޅަމުންނެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 22,000 ޓްރަކް ފުރިފައިވާ ކާބޯތަކެއްޗާއި އެހީތެރިކަމުގެ ތަކެތި ޣައްޒާގެ ބޯޑަރުން އެތެރެނުވެވި އެބައޮތެވެ. މި ޓްރަކްތައް ޣައްޒާއަށް ވަނުމަށް ހުރަސް އަޅަމުން ދަނީ އިޒްރޭލުގެ އަސްކަރިއްޔާއިންނެވެ. މިކަމުގެ ސަބަބުން ޣައްޒާގައި ބަނޑުހައިހޫނުކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަދު އެކަނިވެސް ބަނޑަށް ޖެހުމުގެ ސަބަބުން 6 މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު