Advertisement
NEW YORK, NY - JULY 15: Priyanka Chopra seen on location for 'IsnÕt It Romantic' in Midtown on July 15, 2018 in New York City. (Photo by James Devaney/GC Images)

ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑަށް އެނބުރި އަންނަނީތަ؟

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ބޮލީވުޑް ގެ ސްކްރީނަށް އަންނަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު ‘ލަވް އެންޑް ވޯ’ އިން އޭނާ ފެނިދާނެކަމަށް ބެލެވެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ހިންދީ ފިލްމެއް ކުޅެފައި ވަނީ ހަ އަހަރު ކުރިންނެވެ. އެއީ ‘ސްކައި އިޒް ޕިންކް’ ފިލްމެވެ. މިހާރު ޕްރިޔަންކާ އަންނަނީ އެސް.އެސް. ރާޖަމައުލީގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި މަހޭޝް ބާބޫ ވެސް ހިމެނެއެވެ.

Advertisement

ސަންޖޭ ލީލާ ބަންސާލީގެ ‘ލަވް އެންޑް ވޯ’ އިން ޕްރިޔަންކާ ފެނުން ވަރަށް އެކަށިގެންވެއެވެ. މި ފިލްމުގައި ރަންބީރު ކަޕޫރު، އަލިއާ ބަޓް އަދި ވިކީ ކައުޝަލް ވެސް ހިމެނެއެވެ. ޕްރިޔަންކާ އަދި މިހަބަރުތަކާއި ގުޅިގެން ރަސްމީކޮށް އެއްވެސް އެއްޗެކޭ ބުނެފައި ނުވިޔަސް، ތުންތުން މަތިން ދެކެވޭ ގޮތުގައި ޕްރިޔަންކާގެ ޚާއްސަ ނެށުމެއް މިފިލްމުގައި ފެނިދާނެއެވެ. މިއީ އޭނާގެ ގެ ފޭނުންނަށް ހަމަގައިމުވެސް އުފާވެރި ޙަބަރަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ