ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި ފެނިގެންދާ، އެންޓީއާރު ޖޫނިއާ ލީޑު ރޯލު ކުޅޭ “ވޯ 2” ޓްރެއިލާ މިދިޔަ ހުކުރު ދުވަހު އާންމުކޮށްފިއެވެ.
މި ފިލްމު ގެނެސްދޭ ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އިއްޔެ އާންމުކުރި ދެ މިނެޓާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
“ވޯ 2″ގައި ލީޑު އަންހެން ރޯލުން ފެނިގެންދާނީ ދާދި ފަހުން މަންމައަކަށްވި އެކްޓްރެސް ކިއާރާ އަދުވާނީ އެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ވޯ 2” އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް “ބްރަހަމާސްތުރީ”ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.
މިފިލްމުން އާލިއާ ބަޓް ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ވޯ 2″ގައި އާލިއާ ފެންނާނީ ޕޯސްޓް ކްރެޑިޓް ސީނަކުންނެވެ. އެއީ، އަންނަ ޑިސެމްބަރު މަހު ގެނެސްދޭ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އައު ފިލްމު އަދި އާލިއާ ލީޑު ރޯލު ކުޅޭ “އަލްފާ”ގެ ޓީޒާއެއްގެ ގޮތުގައި ކަމަށެވެ.
އާލިއާގެ އިތުރުން “އަލްފާ”ގައި މުހިންމު ރޯލެއް ކުޅޭ ޝަރްވަރީގެ ވެސް “ވޯ 2″ގައި ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވައިއާރްއެފްގެ ސްޕައި ޔުނިވާސް ފިލްމުތަކުގެ ތެރޭގައި ހިމެނޭ “ވޯ 2” އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2022 ވަނަ އަހަރު ނުކުތް “ބްރަހަމާސްތުރީ”ގެ ޑައިރެކްޓަރު އަޔަން މުކަރުޖީ އެވެ.
މި ފިލްމު ރިލީޒްކުރަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް އަންނަ އޯގަސްޓް މަހު 14 ގައެވެ.
ރިތިކް ކުޅޭ އިތުރު ފިލްމެއް އަދި ކުރިއަށް އެބައޮތެވެ. އެއީ އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ، ހަމަ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއް ކަމަށްވާ “އަލްފާ” އެވެ. އެ ފިލްމުގައި ލީޑު ރޯލު ކުޅެނީ ބޮލީވުޑްގެ ތަރި އާލިއާ ބަޓެވެ.


ކިޔުންތެރިންގެ ހިޔާލު