Advertisement

މިފްކޯގެ ފިހާރައެއް ނޯތު ހާބަރުގައި ހުޅުވައިފި

މިފްކޯއިން މާލޭގައި ހަތަރުވަނަ މަސް ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ. މި ފިހާރަ ހުޅުވާފައިވަނީ މާލޭގެ ނޯތު ހާބަރުގައެވެ.

Advertisement

މިފްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ފިހާރައިން ލިބެން ހުންނާނީ ވިޔަފާރިވެރިން މައިގަނޑު ގޮތެއްގައި ގަންނަ ބާވަތްތަކެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި މި ފިހާރައިން މައިގަނޑު ގޮތެއްގައި ލިބެން ހުންނާނީ ތެޔޮ މަސްދަޅާއި ފެން މަސްދަޅާއި އާންމުކޮށް ނަގާ މަސްދަޅުގެ ބާވަތްތަކާއި ވަޅޯމަހެވެ. އަދި އިތުރު އުފެއްދުންތައް ބޭނުންވާނަމަ، އެކަން އެންގުމުން އެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެ އެވެ.

ނޯތު ހާބަރުގައި ހުޅުވި މި އާ ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.

މިފްކޯއިން މާލޭގައި މިހާރު ހުޅުވާފައިވާ ހަތަރު ފިހާރައިން ވެސް ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ކުންފުނީގެ އުފެއްދުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި