Advertisement

މަރުހޫމް ހަސަން ސާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިފި

މަރުހޫމް ޙަސަން ޞާބިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިފިއެވެ.

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރުޙޫމް ޙަސަން ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވީ ވެލާނާ ބިލްޑިންގ ގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީގައެވެ.

Advertisement

އާންމުންނަށްވެސް ސޮއިކުރެވޭގޮތަށް ހުޅުވާލި މި ދަފްތަރުގައި އެންމެ ފުރަތަމަ ލިޔުއްވާ ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހިމާއި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލެވެ.

އަންނަ އޮގަސްޓްމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާފައި ހުންނައިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10 ން މެންދުރު 1 ޖަހަންދެން ސޮއިކުރެވޭނެއެވެ.

ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވާއިރު، ޞާބިރު އަވަހާރަވުމުގެ ހިތާމައިގައި 29 ޖުލައި އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ނިންމެވިއެވެ.

މަރުހޫމް ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ