Advertisement

ހުއްޓުނު ބޯޓުން ދަތުރުކުރި މީހުން އެމްއެންޑީއެފުން ނައިފަރަށް ގެންގޮސްދީފި

މޫސުން ގޯސްވެފައި ވަނިކޮށް ކާށިދޫ ކަނޑަށް ހުއްޓުނު ބޯޓުން ދަތުރުކުރި މީހުން އެމްއެންޑިއެފްގެ އެހީގައި ޅ.ނައިފަރަށް ގެންގޮސްދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ އިންޖީނު ހުއްޓުނު “ލައިފްލައިން” ބޯޓުން ދަތުރުކުރި 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗުގައި ވަނީ މިއަދު 13:10 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައިވާކަމަށެވެ.

Advertisement

މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް މިއަދު ކާށިދޫ ކައިރީގައި އިންޖީނު ހުއްޓި، އެ ބޯޓުގައި ތިބި 40 މީހުންނަށް ދިވެހި ސިފައިން (އެމްއެންޑީއެފް) އިން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އިންޖީނު މައްސަލައަކާއި ގުޅިގެން ކާށިދޫ ކައިރިއަށް ހުއްޓުނީ “ލައިފްލައިން” ނަމަކަށް ކިޔާ ބޯޓެކެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށްވެސް ދިފާޢީ ބާރުން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ