Advertisement

ރަޝިއާއަށް މިއަދު މިހާތަނަށް ބާރުގަދަ 47 ބިންހެލުން!

ރަޝިއާއަށް މިއަދު މިހާތަނަށް 47 ބިންހެލުން އައިސްފައިވާ ކަމަށް ރިކޯޑް ކުރެވިއްޖެއެވެ.

ރަޝިއާއަށް އެންމެ ފުރަތަމަ ބިންހެލުމެއް އައިސްފައިވަނީ ރެކްޓާ މިންގަނޑުން 8.8 މެގްނިޓިއުޑް ބާރުމިނުގައި އެގައުމުގެ އުތުރުގެ އައްސޭރިފަށުގެ ސަރަހައްދަށް ރޭ ފަތިހުގެ ވަގުތެއްގައެވެ.

Advertisement

އޭގެ ފަހުން 6.9 އާއި 6.3 ބާރުމިނުގެ ބިންހެލުން ރިކޯޑް ކުރެވިފައިވާއިރު، ބާކީ ބިންހެލުންތަކަކީ 5.0 އަށްވުރެ ބާރުގަދަ ބިންހެލުންތަކެއް ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ.

މިބިންހެލުންތަކާއި ގުޅިގެން ރަޝިއާ ހިމެނޭހެން ބައެއް ގައުމުތަކަށް ސުނާމީ އަރާފައިވާއިރު، ބައެއް ގައުމުތަކަށް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. ސުނާމީގެ އިންޒާރު ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ރަޝިއާ، ޖަޕާން، ޓައިވާން، ފިލިޕިންސް، ޗައިނާ، ހަވާއީ، ގުއާމް، ޓޮންގާ، އެމެރިކާ، ކެނެޑާ، މެކްސިކޯ، ޕެރޫ އަދި އެކުއާޑޯ ހިމެނެއެވެ.

އެމެރިކާގެ ކެލިފޯނިއާ، އަލަސްކާ، އޮރެގަން، ވޮޝިންޓަނަށް ސުނާމީގެ އިންޒާރު ދީފައިވާއިރު، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާއަށް ވެސް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

ސުނާމީގެ އިންޒާރު ނެރެފައިވާ ގައުމުތަކަށް މިރޭ 11:00 އާއި ހަމައަށް ސުނާމީގެ އިންޒާރު ދަންމާނެ ކަމަށް އެގައުމުގެ މޫސުން ލަފާ ކުރާ އިދާރާތަކުން ވަނީ ބުނެފައެވެ.

ރަޝިއާއަށް 47 ބިންހެލުން މިއަދު އައިސްފައިވާއިރު، އެގައުމަށް އައި 8.8 ގެ ބިންހެލުމަކީ ފާއިތުވި 14 އަހަރު ތެރޭގައި ވެސް އެގައުމަށް އައި އެެންމެ ބާރުގަދަ ބިންހެލުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މީގެ ކުރިން އެގައުމަށް އެންމެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ 1952 ވަނަ އަހަރުއެވެ. އެއީ 9.0 ބާރުމިނުގެ ބިންހެލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި