Advertisement

ހުޅުމާލޭގައި ތަރައްޤީކުރި ކޯޓު އިމާރާތް މިއަދު ހުޅުވަނީ

ހުޅުމާލޭގައި ތަރައްގީކުރި ކޯޓު އިމާާރާތް މިއަދު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. ހުޅުމާލޭގައި ތަރައްޤީކުރި މި އިމާރާތަކީ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް މިވަގުތަށް ހައްލުހޯދައިދިނުމަށް ތައްޔާރުކުރި އިމާރާތެކެވެ.

މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރު ފަހު އެވެ. އެގޮތުން މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

Advertisement

މި އިމާރާތާއިއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، ބައެއް ކޯޓު ރޫމްތައް ބޭނުން ނުކުރެވޭވަރުވުމުން އެ ކޯޓުގެ ހަ ސެކްޝަނެއް ވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމަރާތަށް ބަދަލުކޮށްފައެވެ.

މި އިމާރާތް ހުޅުވަން ބައެއް މަގުތައް ބަންދުކުރާނެ ވާހަކަ ދިވެހި ފުލުހުން ވަނީ އިޢުލާން ކުރައްވާފައެވެ. އަދި މަގުތައް ބަންދުކުރުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފައެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ