Advertisement

ބަންދު 3 ދުވަހު ވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ

މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ތިން ދުވަހުވެސް ޕާސްޕޯޓުގެ ހިދުމަތްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ.

Advertisement

އެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭނެ ކަަމަށާއި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހުޅުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަމަ އެ ވަގުތުތަކުގައި ކަމަށާއި އަންނަ އާދިއްތަ އަދި ހޯމަ ދުވަހު، އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ޕާސްޕޯޓާ ހަވާލުވާން ނަމްބަރު ދޫކުރާނީ އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ