Advertisement

ހުތުބާގައި, ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަން ކިޔައިދެއްވި

މިއަދު ހުކުރު ހުތުބާގައި ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަން ކިޔައިދެއްވައިފިއެވެ.

ހުތުބާގައި ވިދާޅުވީ ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށް ޓަކައި ބާވައިލެއްވުނު މައިގަނޑު މަގްސަދުތަކުގެ ތެރެއިން އެއް މަގުސަދުކަމަށެވެ. ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުން ކަމަށެވެ. އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

Advertisement

“މާތް ﷲ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި. އަދި ހެޔޮ ގޮތުގައި ބުއްދީގެ ބޭނުންހިފާ މީހުންނަށް މާތް ﷲ މަދަހައިގެ ބަސްފުޅު ވަހީކުރައްވައިފައި.”ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދައިފައިވާ ކުރިއެރުންތަކާ މެދު ވިސްނައިފި ނަމަ، އޭނާ އަންތަރީސްވާނެ ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގައި اﷲ އާއި އެކަލާނގެ ރަސޫލާ އަންގަވަނީ އިލްމު އުނގެނުމަށް ކަމަށެވެ. އިލްމީ ދިރާސާތައްކުރުމަށާއި ތަފާތު ހޯދުންތައް ހޯދުމަށް ކަމަށެވެ. ދުނިޔެއާއި އާހިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށް ޓަކައި މަސައްކަތްކުރުމަށް ކަމަށެވެ.

“އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެ ކަމަށް ދެވިހިފައި މާތް اﷲ ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައިފިކުރުކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަމެއް.” ހުތުބާގައި ވިދާޅުވެފައިވެއެވެ.

ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް ﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިއުމަތް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. މާތް ﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ