Advertisement

މާޅެންދޫ އިސްވެރިންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު، ނ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާޅެންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއާއި ގުޅޭ ކަންކަން ރައީސްއާއި ހިއްސާކުރައްވާފަ އެވެ.

Advertisement

އެގޮތުން މިބައްދަލުވުމުގައި އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ޓާފް ދަނޑުގެ ވަށާފާރު ރޭނުމާއި، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަވަހަކަށް ނިންމާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތަކާގުޅޭ ގޮތުން ކައުންސިލުންވަނީ ރައީސްއާއި އެކު މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން އެ ރަށުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ކައުންސިލްގެ މެމްބަރުން ވަނީ ރައީސްއާއި މަޝްވަރާ ކުރައްވާފަ އެވެ. އަދި ހަމައެހެންމެ، ކައުންސިލުން ވަނީ އެރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި މާޅެންދޫގެ އިހުތިސޯސްގައި އެރަށް ކައިރީގައި އޮންނަ ތޮޅެންދޫ ހިމެނުމާއި ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ ރައީސްއާއި އެކު މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ