Advertisement

ޓީއެމްއޭގެ ޕައިލެޓުންނަށް ޑޮލަރުން މުސާރަދޭން ނިންމައިފި

ދުނިޔޭގެ އެންމެބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނި، ޓްރާންސް މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދިނުމަށް ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމައިފިއެވެ.

އެ ނިންމުމަށް އަމަލު ނުކުރަން ނިންމީ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިންދޭ މައްސަލާގައި ބައެއް ޕައިލެޓުންގެ އިތުރުން އިންޖިނިއަރުންނާއި، ކެބިން ކްރޫއިން ހިމެނޭގޮތަށް ބޮޑު އިހްތިޖާޖަކަށް ދާން ނިންމުމުންނެވެ. ޓީއެމްއޭގެ މުއައްޒަފުން ވަނީ މުސާރައިގެ ބައެއް ރުފިޔާއިން ދޭން ނިންމުމުން ދެން އެކަމުގައި އަމަލުކުރާނެ ގޮތާމެދު މަޝްވަރާކޮށްފައެވެ.

Advertisement

އެ މަޝްވަރާތަަކުގައި ނިންމީ މުސާރަދިނުމަށް ނިންމާފައިވާ ނިންމުން ބަދަލު ނުކޮށްފިނަމަ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލުމަށެވެ.

ނަމަވެސް އެ ނިންމުމަށް އަމަލު ނުކުރަން ނިންމާ ޑޮލަރުން މުސާރަ ދޭން ނިންމާފައިވާކަން މިހާރު މުވައްޒިފުންނަށް ވަނީ އަންގާފައެވެ.

ޓީއެމްއޭގައި 1500 އަށްވުރެ ގިނަ މުއައްޒަފުން މަސައްކަތްކުރަމުންދާއިރު، މީގެ ތެރޭގައި ޕައިލެޓުންގެ އަދަދު 200 އަށް އަރައެވެ.

ޓީއެމްއޭއިން މުސާރައިގެ އެއްބައި ރުފިޔާއިން ދޭގޮތަށް ނިންމީ، ޓޫރިޒަމް ވިޔަފާރި ކުންފުނިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމާ ގުޅިގެންނެވެ. އެގޮތުން ޓީއެމްއޭއިން ނިންމާފައިވަނީ މުސާރައިގެން 80 އިންސައްތަ ޑޮލަރުން އަދި 20 އިންސައްތަ ދިވެހި ރުފިޔާއިން ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ