Advertisement

ލަވަކިޔުން ތެރިޔާ އަރިޖިތު ސިންގު ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަނީ

ބޮލީވުޑްގެ ނަންވިދާ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ އަރިޖިތު ‘ޖަންގަލް އެޑްވެންޗާ’ ފިލްމެއް ޑައިރެކްޓު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. މި ފިލްމަކީ އިންޑިއާގައި ވާހަކަދައްކާ އުޅޭ ހުރިހާ ބަހުރުވައަކުން އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

Advertisement

އޭނާ މި ފިލްމު ގެނެސްދެނީ މަހާވީރު ޖެއިން ފިލްމްސްއާ ގުޅިގެންނެވެ.

މި ފިލްމަށް ކިޔާނެ ނަމަކާއި ފިލްމުގެ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ސްކްރިޕްޓުވެސް ލިޔެ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި މި ވަގުތުހުރި އެންމެ ކާމިޔާބު އަދި މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަރިޖިތުއަކީ ބައިނަލްއަޤްވާމީ ގޮތުންވެސް ވަރަށް ނަން މަޝްހޫރު، އެތައް ބަޔަކަށް ކަމުދާ ތަރިއެކެވެ. އޭނާއަށް މިއުޒިކު ދާއިރާއިން ވަރަށް ގިނަ އެވޯޑުތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ