Advertisement

ރާއްޖެއައް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އިނގިރޭސިވިލާތާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ވެސްޓް ލަންޑަން ޗެމްބަރ އޮފް ކޮމާސް (ޑަބްލިއުއެލްސީސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ދެޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ވިޔަފާރި ތަރައްޤީކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

މި އެމް.އޯ.ޔޫގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ދެޤައުމުގެ ވިޔަފާރި ދަތުރުތަކަށް ފަސޭހަކޮށްދިނުމާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ހަރަކާތްތައް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން މާކެޓް ހޯދުމުގެ ފުރުސަތުތައް ދެނެގަނެ، ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ބައިނަލްއަޤްވާމީ މައުރަޒުތަކާއި ޓްރޭޑް ފެއަރތަކުގައި ގުޅިގެން ބައިވެރިވުންވެސް ހިމެނެއެވެ.

އަދި މި އެމް.އޯ.ޔޫގެ ދަށުން ވިޔަފާރިވެރިން ގުޅުވައިދިނުމުގެ މަސައްކަތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ޖޮއިންޓް ބިޒްނަސް ކައުންސިލްގެ ދަށުން ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ސޮއިކުރެވުނު މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އަދި ދެ ފަރާތުން އެއްބަސްވާނަމަ މި މުއްދަތު އިތުރުކުރެވޭނެއެވެ. މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން ހިންގޭ ކަންކަން ހަރުދަނާކޮށް، އިތުރަށް ރަނގަޅުކުރުމަށްޓަކައި މުރާޖަޢާކުރުމުގެ ނިޒާމެއްވެސް ހިމެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ