Advertisement

މިއަހަރުގެ މިހާތަނަށް 1227 ޓޫރިސްޓް ފެސިލިޓީސް އޮޕަރޭޝަނަށް ގެނެސްފި

މިއަހަރުގެ މިހާތަނަށް އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު  1،227 އަށް އަރައިފިއެވެ.

މި އަދަދަކީ 2024 ވަނަ އަހަރު ނިމުނުއިރު އޮޕަރޭޝަނަށް ގެނެސްފައިވާ ޖުމްލަ 1،207 ޓޫރިސްޓް ފެސިލިޓީސްއާއި އަޅާބަލާއިރު 1.7 އިންސައްތަ އިތުުރު އަދަދެކެވެ.

Advertisement

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ 175 ރިސޯޓާއި 877 ގެސްޓްހައުސް އާއި 159 ސަފާރީ އުޅަނދާއި 16 ހޮޓަލެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ޚާއްސަ އެނދުގެ ޖުމްލަ އަދަދު ވަނީ 64،373 އަށް އަރާފައެވެ. އޭގެ ތެރެއިން 44،047 އެނދު ހުންނަނީ ރިސޯޓުތަކުގައި، 14،854 އެނދު ގެސްޓްހައުސްތަކުގައި، 3،162 އެނދު ސަފާރީ އުޅަނދުތަކުގައި އަދި 2،310 އެނދު ހޮޓަލްތަކުގައެވެ.

އެކޮމޮޑޭޝަން ކެޕޭސިޓީ ފުޅާކުރުމަކީ ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. 2025 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެެއަށް ވަނީ 1،195،693  ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ.  އެ މުއްދަތުގައި 1،092،367 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިހާރު ތިބި ފަތުރުވެރިކަމުގެ ސޯސް މާކެޓްތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ޗައިނާ އެވެ.  ޗައިނާ އިން މިހާތަނަށް 163،370 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެން އޮތީ 139،388 ފަތުރުުވެރިން ރާއްޖެ އައިސްފައިވާ ރަޝިޔާ ކަމަށާއި ތިން ވަނައިގައި އޮތީ 114،703 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން 72.8 އިންސައްތަ މީހުން ރިސޯޓްތަކުގައި މަޑުކުރަން އިޚްތިޔާރުކުރާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސްތަކުގައި 22.3 އިންސައްތަ މީހުން ދިރިއުޅޭއިރު، 2.7 އިންސައްތަ ފަތުރުވެރިން ހޮޓަލްތަކުގައި މަޑުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި