Advertisement

ކިއާރާ އާއި ސިދާތަށް އަންހެން ކުއްޖެއް ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތް މަލްހޯތުރާ އާއި ކިއާރާ އަދްވާނީ އެ މީހުން އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

Advertisement

ކިއާރާ ދަރިފުޅު ވިހާފައިވަނީ ރޭގެ އިރުއޮއްސުނު ފަހުން ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ވިހެއީ މުމްބައީގެ ރިލަޔަންސް ހޮސްޕިޓަލްގައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތްތައް ބުނާގޮތުގައި އެ ދެމަފިރިންގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ކިއަރާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކިއާރާ އާއި ސިދާތަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ކިއާރާ އާއި ސިދާތު ބައްދަލުވީ 2021 ވަނަ އަހަރު ނެރުނު ފިލްމު “ޝެރްޝާހް”ގެސެޓުންނެވެ. އެ ފިލްްމްގައި ސިދާތު ފެނިގެން ދިޔައީ ޕަރަމްވީރް ޗަކްރާ ލިބުނުމަރުހޫމްކެޕްޓަން ވިކްރަމް ބަޓްރާގެ ރޯލުންނެވެ. އެ ފިލްމުގައި ކިއާރާ ކުޅެފައި ވަނީ އޭނާގެ ލޯބިވެރިޔާ ޑިމްޕަލް ޗީމާގެ ރޯލެވެ. މި ފިލްމަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ ޝޫޓިންގެ ތެރެއިންނެވެ.

2020 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެއިން އެކަކުވެސް ފާޅުގައި އެކަމާ ބެހޭ ގޮތުން ފުރަތަމަ ވާހަކައެއް ނުދައްކައެވެ.

މި ދެ ތަރިން ކައިވެނިކުރީ 7 ފެބްރުއަރީ 2023 ގައި ރާޖަސްތާނުގެ ޖައިސަލްމޭރުގައި ބޭއްވި ހަފްލާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ