Advertisement

ޑްރޯން ބޭނުންކޮށްގެން ހަމަލާތައް އަމާޒުކުރަނީ ފަލަސްތީނުގެ ކުޑަ ކުދިންނަށް!

ޑްރޯން ބޭނުންކޮށްގެން ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންނަށް ހަމަލާތައް އަމާޒުކުރި ކަމަށް އިސްރާއީލް ސިފައިން އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ އައުޓްލެޓް 972 މެގަޒިން އާއި ދަ ލޯކަލް ކޯލް އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރުމަށް އަދި އެމީހުން ގެދޮރު ދޫކޮށްފައިވާ ސަރަހައްދުތަކަށް އަނބުރާ ދިޔަ ނުދޭން ސިފައިން އޮޕަރޭޓް ކުރާ ޑްރޯންތައް ބޭނުން ކުރަމުންދާ ކަމަށެވެ. މި ޑްރޯން ތަކަކީ ޗައިނާގެ އުފެއްދުމެކެވެ.

Advertisement

އިސްރާއީލްގެ ސިފައިންގެ މީހަކު ބުނި ގޮތުގައި ގާތްގަނޑަކަށް 3،000 ޑޮލަރަށް ވިއްކާ މި ޑްރޯންތައް އިސްރާއީލުގެ ސިފައިން ބޭނުން ކުރަމުން ދިޔައީ ކުޑަކުދިންނަށް ހާއްސަކޮށް އަމާޒުކޮށްގެންނެވެ.

“(އޮފް ލިމިޓްސް) ޒޯނަށް ވަދެގެން އައި ފިރިހެން ކުއްޖަކު ޑްރޯންގެ ޒަރިއްޔާއިން ފެނުނު. އޭނާ އެއްވެސް ކަމެއް ނުކޮށް ހުރީ. އެވަގުތުގައި ހަރަކާތްތެރިވި އެހެން ސިފައިން ބުނި ގޮތުގައި އެ ކުއްޖާ ހުރީ މީހުންނާ ވާހަކަ ދައްކަން. އެ މަންޒަރު އެމީހުންނަށް ފެނުނުށް. އެ ވަގުތު ޑްރޯ ބޭނުންކޮށްގެން އެތަނަށް ބޮން އެޅިން” ސިފައިންގެ މީހާ ބުންޏެވެ.

އެމީހާ އެގޮތަށް ބުނީ މި ޑްރޯންތަކާ ބެހޭ މައުލޫމާތު ހޯދުމަށް ނޫސް އެޖެންސީއަކުން ސުވާލު ކުރުމުންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން 12،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވެއެވެ. އަދި އެތައް ހާސް ކުޑަކުދިން އިމާރާތްތަކުގެ ދަށުގައި ތާށިވެގެން ޝަހީދުވެފައިވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާއިން 58،386 މީހުން ޝަހީދުކޮށްލައި 139،077 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. މާޗް 18 ގައި އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށި ފަހުން 7،568 މީހުން ޝަހީދުކޮށްލައި 27،036 މީހުން ޒަހަމްކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި