އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު އަދި ޒަމާންވީ ޓްރެވަލް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ “ވޮންޑާލަސްޓް ރީޑާ ޓްރެވަލް އެވޯޑްސް 2025″ގެ ޝަރަފުވެރި ދެ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
މިއަހަރު ރާއްޖެ ނޮމިނޭޓުވެފައި ވަނީ:
- މޯސްޓް ޑިޒައިރަބަލް ކަންޓްރީ – ވޯލްޑްވައިޑް
- މޯސްޓް ޑިޒައިރަބަލް އައިލެންޑް(ސް) – ވޯލްޑްވައިޑް
މި ނޮމިނޭޝަނާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ ވޯޓުލުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ލިންކް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް ވޯޓުލުމަށް އެދިފައެވެ.
ތިޔަ ބޭފުޅުންގެ ވޯޓަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް އޮތުން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެ ވޯޓެއް. މި ޝަރަފުވެރި ތަށިތައް ހޯދުމުގައި އެހީތެރިވުމަށް މި ލިންކް ތިޔަބޭފުޅުންގެ ނެޓްވޯކްތަކާ ހިއްސާކުރައްވާ،ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން


ކިޔުންތެރިންގެ ހިޔާލު