Advertisement

ޖަސްޓިން ބީބާ އާ ސަޕްރައިޒް އަލްބަމެއް ނެރެފި

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ، އޭނާގެ އާ ސަޕްރައިޒް އަލްބަމް “ސްވޭގް” ނެރެފިއެވެ.

މިއީ އޭނާގެ ހަތް ވަނަ ސްޓޫޑިއޯ އަލްބަމްއެވެ. މި އަލްބަމްގައި ޖުމްލަ 21 ޓްރެކް ހިމެނޭއެވެ.

Advertisement

މި އަލްބަމް ނެރުމަށް ޖަސްޓިން ވަނީ ރެޕް އާޓިސްޓް ގުނާ، ގޯސްޕެލް ލަވަކިޔުންތެރިޔާ ޑިޖޮން، ރެޕަރު ލިލް ބީ، ކޮމެޑީ ޑްރޫސްކީ، ރެޕަރު ސެކްސީ ރެޑް، މިއުޒިޝަން ކޭޝް ކޯބެއިން އަދި ލަވަކިޔުންތެރިޔާ އެޑީ ބެންޖަމިން އާއި ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.

އަލްބަމްގެ އެންމެ ފަހުގެ ލަވަ “ފޯގިވްނެސް” ޕާފޯމްކޮށްފައިވަނީ ބީބާ އެއް ނޫނެވެ. އެ ލަވަ ޕާފޯމް ކޮށްފައި ވަނީ ޕާސްޓާ އަދި ގޯސްޕެލް ލަވަކިޔުންތެރިޔާ މާވިން ވިނަންސް އެވެ.

ޖަސްޓިން އެންމެ ފަހުން ނެރުން އަލްބަމަކީ “ޖަސްޓިސް” އެވެ. އެ އަލްބަމް ނެރުނީ 2021 ވަނަ އަހަރެވެ.

“ސްވެގް” އަލްބަމް ނެރުން ޖަސްޓިން ބީބާގެ ފޭނުންނަށް ލިބުނު ހައިރާންކަމެއް ކަމަކަށް ވެގެން ދިޔައީ މިއަހަރުގެ ކުރީކޮޅު އަދި މިދިޔަ ޖޫން މަހު އޭނާގެ ނަފްސާނީ ހާލަތާ ބެހޭ ގޮތުން ހިތްދަތި ޕޯސްޓެއް ހިއްސާކުރުމުންނެވެ. އާ އަލްބަމެއް ނެރޭނެ ކަމަށް އެއްވެސް ފޭނެއް ހުރީ ތައްޔާރަކަށް ނޫނެވެ.

“ސްވެގް” ގެ ބިލްބޯޑް ޕޯސްޓަރުތައް ވަނީ މީސްމީޑިއާ މަންސަތަކުގައި އާންމުވެފައެވެ. އެ ޕޯސްޓަރުތަކުގައި ޖަސްޓިން، އޭނާގެ އަނބިމީހާ އެމެރިކާގެ މޮޑެލް ހޭލީ އަދި އެމީހުންގެ 11 މަހުގެ ތުއްތު ފިރިހެން ދަރިފުޅު ޖެކް ބްލޫސް ބީބާ ފެނިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ