މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގައިފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަދި، މިސްކިތަށް ގެއްލުން ދިން މައްސަލަ އެ ކައުންސިލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު