Advertisement
އަނބިމީހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ފިލިޕީންސްގެ ނަރުސް މާވިން ---

މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް)ގެ މައްޗަށް ކުރާ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މޭރީ މަރާލި މައްސަލައިގައި މާވިންގެ މައްޗަށް، އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މި ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކަނޑައެޅިއިރު، އަދަބާ މެދު ވާހަކަ ދެއްކުން އޮތީ އެހެން ދުވަހަކު ކުރިއަށް ގެންދަން ނިންމާފައެވެ.

Advertisement

ޕިލިޕީސްގައި ކައިވެނިކޮށްގެން ހުރެ އިތުުރު ކައިވެންޏެއް ނުކުރެވޭތީ އެކަމާ މެދު މާވިންއާއި މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ, މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން އެ ދެ މީހުންގެ ޗެޓުތަކުން އެނގޭ ކަމަށް ހުކުމުގައިވެއެވެ.

މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން، މަރާލާފައިވަނީ 19 އޮކްޓޫބަރު 2021 ގައެވެ. މި މައްސަލައިގައި ބަންދުގައި ހުރެ، މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ.

ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެއެވެ. އޭނާގެ މައްޗަށް ކުށްސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

މާވިން އާއި ލަމްހާގެ ޝަރީއަތް ވަކިވަކިން ކުރިއަށް ގެންދާއިރު، މި މައްސަލަތަކުގެ އަޑު އެހުން ނިންމާލައި، ޚުލާސާ ބަޔާން މީގެ މަހެއްހާ ދުވަސްކުރިން ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ ބިއްލޫރި ގަނޑު ތަޅައިލައިފި

އީ-ވޯޓިންގެ ނަމުގައި ރޭވެނީ ވޯޓުން ވައްކަން ކުރުމުގެ ޖާގަ: މެންބަރު ޣަފޫރު

ރަޖިސްޓްރީ ވެސް ނުކުރާ ދަރިވަރުންތަކަކަށް ސެޓްފިކެޓު ދޫކޮށްގެން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި

ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި