Advertisement
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޣަފޫރު: ----

އީ-ވޯޓިންގެ ނަމުގައި ރޭވެނީ ވޯޓުން ވައްކަން ކުރުމުގެ ޖާގަ: މެންބަރު ޣަފޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، މިހާތަނަށް މަޖިލީހަށް ހުށަހެޅި އެއްވެސް ބިލަކުން ނުވަތަ ސަރުކާރުން ކުރި އެއްވެސް ކަމަކުން ރައްޔިތަކަށް ފައިދާއެއް ލިބިފައިނުވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި ‘މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން’ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވަނީ އެ ބިލު ހުށަހެޅުމުގެ ފަلفަތުގައި އޮތް ނިޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފަ އެވެ.

Advertisement

މެންބަރު ވިދާޅުވި ގޮތުގައި، މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އީ-ވޯޓިން ނިޒާމު ތައާރަފުކޮށް، އޭގެ ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެކެވެ.

އިތުރު އޮފީސްތައް އުފައްދައި، މުވައްޒަފުން ނަގައިގެން ވޯޓު އޮޅުވާލުމަށް މަގުފަހިކުރުމަކީ މި ބިލުގެ އަސްލު ބޭނުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ވޯޓު އޮޅުވާލުމުގެ ކަންކަމަށް ކަމަށް މެންބަރު ވިދާޅުވި އެވެ.

މިގޮތުން، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަދަ އަސާސީ ޚިދުމަތްތައް ނިންމުމަށް ސަރުކާރުން ފޭލްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އަމަލުތަކުގައި އިޚުލާސްތެރިކަމެއް ނެތްކަމުގެ މިސާލެއްގެ ގޮތުން މެންބަރު ޣަފޫރު ނެންގެވީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއާ ގުޅޭ މައްސަލަ އެވެ. ކުރިން ޑިއުޓީ އިންތިހާއަށް ބޮޑުކުރުމަށްފަހު، އަލުން އެ ޑިއުޓީ ކުޑަކުރަން ސަރުކާރުން ހުށަހެޅުމަކީ އެކަމުގައި ވެސް ސަރުކާރުގެ އެއްވެސް ތެދުވެރިކަމެއް ނެތްކަން ސާބިތުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ގިނަ ބަޔަކު އެކަން ނުކުރުމަށް ގޮވާލި ނަމަވެސް، ސަރުކާރުން އެ އަޑު އަހާފައިނުވާކަން ވެސް މެންބަރު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ ބިއްލޫރި ގަނޑު ތަޅައިލައިފި

މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ

ރަޖިސްޓްރީ ވެސް ނުކުރާ ދަރިވަރުންތަކަކަށް ސެޓްފިކެޓު ދޫކޮށްގެން އެވިޑް ކޮލެޖު ޖޫރިމަނާކޮށްފި

ޤައުމީ ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ ތިން ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފި