Advertisement

މާމަ ދަރިފުޅު މަރާލި މައްސަލަ ސާބިތުވެ ދިވެއްސަކު ޖަލަށް

މާމަ ދަރިފުޅު މަރާލިކަން ސާބިތުވެ، ދިވެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ، އަދި އިތުރު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2019 ވަނަ އަހަރުގެ ތެރޭގައި ވިހާފައި ތުއްތު ކުއްޖަކު މަރާލި މައްސަލައެކެވެ.

Advertisement

އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމް އިއްވިއިރު، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ޖަލު ހުކުމެވެ. ތިން މީހުންވެސް މި މައްސަލައިގައި ކުށަށް އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުން ދައުލަތާއެކު ހަދާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައިގައި ކުއްޖާ މަރާލުމުގައި އިސްކޮށް މާމަ އުޅުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ދެން އެކަމުގައި އުޅުނީ، މާމަގެ ލޯބިވެރިޔާއާއި އުފަންވީ ތުއްތު ކުއްޖާގެ މަންމަގެ ލޯބިވެރިޔާއެވެ.

މަރާލި ކުޑަ ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާއަށް ލިބުނު ކުއްޖާއަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެކެވެ.

ތުހުމަތު ކުރެވޭ ގޮތުގައި ކުއްޖާގެ ބައްޕައަކީ މި ހާދިސާގައި ދެން ހިމެނޭ މީހާއެވެ. އޭނާ ވެސް މިހާރު ވަނީ ޖަލަށް ލައިފައެވެ.

މިއީ 2019 ވަނަ އަހަރު މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ސިކުނޑި ހޭނުވިދާނެ ގޮތްތައް

ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި، ހަތަރު ކާރު ބޭނުންކުރާނެ

މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ

އަނެއްކާވެސް ރާއްޖެ އެތެރެކުރަން އުޅުނު 15601 ވޭޕް ކާޓްރިޖް އަތުލައިގެންފި