ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި އެވެ.
ވިލިމާލޭގައި އެ ހިދުމަތް ފެށުމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.
މާލެ ޓެކްސީ ލައިން ހިންގާ އެމްޓީސީސީން ބުނީ ވިލިމާލޭގައި ހިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ ކަމަށެވެ. އެއީ ދެ ސައިޒެއްގެ ކާރުތަކެވެ. ދެ ކާރަށް އެންމެ ހަނި ގޯޅިތަކާއި މަގުތަކަށްވެސް ވަަދެވޭނެ އެވެ.
އެހެން ކަމުން ވިލިމާލެއަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް މާލެއާ ހުޅުމާލޭގައި ވެސް ވަނީ ފަށާފަ އެވެ. މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް ފަސޭހައިން ކާރު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެއެވެ. ސަރުކާރުގެ މި ޓެކްސީ ލައިނަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު