Advertisement
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެ ވަނަ ކޯސް ބ. ކިހާދޫގައި މިއަދު ފެށުން. --- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ކޯސް ފަށައިފި

އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެ ވަނަ ކޯސް މިއަދު ފަށައިފިއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ، ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

Advertisement

ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އިހުލާސްތެރި އަދި އަބުރުވެރި ޒުވާން ޖީލެއް ބިނާކުރުމެވެ.

ސޯޅަ ހަފުތާގެ މުއްދަތަށް ފެށި މި ޕްރޮގްރާމުގެ ސީރީޒް ދޭއްގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ. މި ކޯސް ފުރިހަމަކުރުމަށް ކޯހުގެ ދަރިވަރުން ވަނީ ޖޫން 3 ވަަނަ ދުވަހު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސާވިސް ކޯގެ، ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ސްކޫލަށް ރިޕޯޓްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް ވަނީ އާކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވައުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރު، ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް އަޒުމް އާކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރު، މޭޖާ ހުސައިން ޝާހިދެވެ.

މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިން އާއި މެރިން އިންޖިނިއަރިން އާއި އިލެކްޓްރީޝަން އާއި ރެފްރިޖެރޭޝަން އާއި ވެލްޑިން އާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސާވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރު، ކާނަލް އަހްމަދު ޝަރީފާއި، އެމްއެންޑީއެފް ސާވިސް ކޯގެ ޕްރިންސިޕަލް ޑައިރެކްޓަރު، ކާނަލް އަހްމަދު ޝާރިމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާގާއި، މި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އެޗްޑީސީގެ މުވައްޒަފުން މަދުކުރަން ރިޑަންޑަންސީ ޕެކޭޖު ތަކެއް

ސްކޭމް މައްސަލައެއްގައި ހިމެނޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ

އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފެހެއްޓުން: ރައީސް

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!