2018 ގައި ރިލީޒްކުރި “ދަޅަކް” (މަރާތީ ފިލްމު “ސައިރަތް” ގެ ރިމޭކް) އަކީ ކާމިޔާބު ފިލްމެއް ނަމަވެސް، ކާސްޓް ނިޒާމުގެ ތަފާތުކުރުން ދެއްކި ގޮތުން ފާޑުކިޔުންތައް އަމާޒުވިއެވެ. މިކަމާ ގުޅިގެން “ދަޅަކް 2” އުފައްދާން ނިންމައި، މުހިއްމު ރޯލުތަކަށް ޓްރިޕްޓީ ޑިމްރީ އާއި ސިއްދާންތު ޗަތުރްވޭދީ ހޮވުމުން ފޭނުންގެ މެދުގައި ޝައްކުތައް އުފެދުނެވެ.
އާންމުކުރި ތިން މިނެޓުގެ ޓްރެއިލާގެ ތީމަކީ ހިތާމަވެރި ތީމެކެވެ. ސިއްދާންތު (ނީލޭޝް) އާއި ޓްރިޕްޓީ (ވިދީ) ކޮލެޖަކުން ދިމާވެ، ކާސްޓުގެ ތަފާތުކުރުމުގެ ސަބަބުން ލޯބީގެ ގުޅުމަށް އާއިލާގެ ދެކޮޅުވެރިކަން ކުރިމަތިވާ މަންޒަރުތައް ފެނެއެވެ. “އެނިމަލް” ފިލްމުން ފެނިގެންދިޔަ ސޯރަބް ސަޗްދޭވާގެ ކެރެކްޓަރ ވެސް މީގެ ތެރެއިން ފެނިގެންދެއެވެ.
ފޭނުން ވަނީ ފިލްމުގެ އެކްޓަރުންނާއި ޓްރެއިލާއަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް ސިއްދާންތު އާއި ޓްރިޕްޓީގެ އެކްޓިންއަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިޔުޒިކް ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.
ނަމަވެސް، ޓްރެއިލާގެ ތެރެއިން ސިއްދާންތުގެ ކެރެކްޓަރ، ނީލޭޝްގެ ހަންގަނޑުގެ ކުލަ ކަޅުކޮށް ދައްކާފައިވާތީ ބައެއް ފޭނުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. އެއީ ދަށް ނަސްލަކަށް ފާޑުކިޔުމުގެ ސިފައެއް ކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު