Advertisement

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ

2026 ވަނަ އަހަރު އެޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) ގެ އިންތިޚާބަށް ކެންޑިޑޭޓުން ހޮވުމަށް މިއަދު، 16 ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި އިންތިޚާބުގައި އެމްޑީޕީގެ ރޫޙުގައި ޖޯޝާއި ފޯރިއާއެކު ވާދަކުރެއްވި އެންމެހާ ކެންޑިޑޭޓުން ދެއްކެވީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެކަމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޕާޓީގެ ރައީސް ޝާހިދު ފާހަގަކުރެއްވި ގޮތުގައި ދެން އޮތީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއެކު އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އޭނާ ވިދާޅުވީ މުޅި ޕާޓީ އެކުގައި ނިކުމެ، މިހާރުގެ ސަރުކާރަށް “ބޮޑުތަނުން ނޫނެކޭ ބުނަން” ޖެހޭ ކަމަށެވެ.

މި ޕްރައިމަރީ އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ޓީމުތަކުން ދެއްކެވި މަސައްކަތަށް ޝާހިދު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ޕާޓީގެ ޗެއާޕާސަން އަބްދުލް ޢަފޫރު މޫސާގެ އިތުރުން، އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރުންނާއި، ސެކްރެޓޭރިއެޓްގެ މުވައްޒަފުން، ޤައުމީ މަޖިލީހުގެ މެންބަރުން އަދި ގިނަ އަދަދެއްގެ ވޮލަންޓިއަރުން ކުރެއްވި އަގުހުރި މަސައްކަތަށް ޝާހިދު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

މި ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ނަގާނަން: މޫސަ

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު