Advertisement
މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާއެއްްގައި: އޭނާ ވަނީ ޕްރައިމަރީއިން މޮޅުވެ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރައްވައިފައި --

އަލީ ބަލިކޮށް އާދަން އެމްޑީޕީ މާލެ ސިޓީ މޭޔަރުގެ ޓިކެޓް ދިފާއު ކުރައްވައިފި⁩

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް މިހާރުގެ މާލޭ މޭޔަރު އާދަމް ޢާޒިމް ހޮވިއްޖެއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީގައި މާކޭ މޭޔަރު ކަމުގެ ޓިކެޓަށް ވާދަކުރެއްވީ އާދަމް ޢާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެެވެ.

Advertisement

އިންތިޚާބުގެ ނިމި ވޯޓުބފޮށިތައް ގުނަން ފަށާފައިވާއިރު މިހާތަނަށް ގުނި އެންމެ ވޯޓް ފޮށްޓެއް ފިޔަވައި އެހެން ހުރިހާ ފޮށްޓަކުންވެސް ބޮޑުތަނުން ކުރީގައި އޮތީ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.  އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިމްތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އާދަމް ޢާޒިމްކަން މިވަނީ ކަށަވަރުވެފައެވެ.

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހެޅި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 65 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ، އަތޮޅުތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 14 ފޮއްޓާއި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 17 ވޯޓު ފޮށީގެ އިތުރުން، މާލެއިން ބޭރުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށްޓެވެ.

މި އިންތިޚާބުގައި ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް

މި ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ނަގާނަން: މޫސަ

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު