ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އަދިތިޔާ ރޯއީ ކަޕޫރް ލޯބިވެރިއެއް ނެގީ ކަަަމަށް ބުނެ މީޑިއާގައި ދައްކަން ފަށައިފިއެވެ.
އަދިތިޔާ އިއްޔެ ވަނީ އޭނާގެ ޗުއްޓީ ދަތުރުގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ. ނަމަވެސް، އޭނާ ޗުއްޓީ ހޭދަކުރި ތަނެއް ބުނެފައެއް ނުވެއެވެ. އޭނާގެ ޕޯސްޓުން އެނގޭ ގޮތުގައި އެއީ އެއާބީއެންބީން އޭނާއަށް ހަމަޖައްސައިދިން ދަތުރެކެވެ.
އެ ޕޯސްޓުގައި ހުރި ފޮޓޯތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ކާކުކަން ނޭނގޭ އަންހެނެއްގެ އަތެއް ފެންނަ ފޮޓޯއަކަށެވެ. އޭނާގެ އަތުގެ އިނގިލިތަކުގައި ހުރީ ހުދުކުލައިގެ ނެއިލް ޕޮލިޝް ހާކައިފައެވެ. އަދި އަތުގައި، އޭނާ ކާން ގެންގުޅުނު ލައްޑޫއެއް ވެސް އޮތެވެ.
އެ ޕޯސްޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން އިތުރު ދެ މީހުންނާއެކު އޭނާ ބޯޅަ ކުޅޭތަން ވެސް ފެނެއެވެ. ދެން ހުރީ އެ އެއާބީއެންބީގެ އެކި ތަންތަނުގައި ނަފާގައިވާ ފޮޓޯތަކެވެ.
އަދިތިޔާގެ އިންސްޓަގްރާމުން ކާކުކަން ނޭނގޭ އަންހެނެއްގެ އަތެއް ފެނުމުން އޭނާގެ ފޭނުން ގަބޫލުކުރަނީ އެއީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ކަމަށެވެ.
އާދީ އެންމެފަހުން ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓްރެސް އަނަންޔާ ޕާންޑޭއާއެވެ. އެ ދެމީހުންގެ ގުޅުމަށް މީޑިއާގެ ހާއްސަ ސަމާލުކަމެއް ލިބިފައި ވަނިކޮށް، އެ ގުޅުން ނިމުމަކަށް އައީ އެމީހުން ރައްޓެހިވެގެން އުޅޭތާ ދެ އަހަރެއްހާ ދުވަސްވީ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު