Advertisement

އަޖޭ ދޭވްގަންގެ ދްރިޝްޔަމް 3 ނެރޭނެ ތާރީހު އިއުލާންކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލެއް ކަމަށްވާ އަޖޭ ދޭވްގަންގެ “ދްރިޝްޔަމް 3” ނެރޭނެ ތާރީހު އިއުލާނުކޮށްފިއެވެ.

ދްރިޝްޔަމް ފިލްމަކީ ބެލުންތެރެއިންގެ ތެރޭގައި ވަރަށް މަގްބޫލް ފިލްމެކެވެ. އޭގެ އެއްވަނަ އަދި ދެވަނަ ބަޔަކަށް ގިނަ ބައެއްގެ ސަޕޯޓު ވަނީ ލިބިފައެވެ.

Advertisement

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ތިންވަނަ ބައެއް ނެރޭނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގައި ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ތިންވަނަ ބައިން ވެސް ފެނިގެން ދާނީ އަޖޭ، ތާބޫ، ޝްރިޔާ ޝަރަން އަދި ރަޖަތް ކަރަންނެވެ.

ދްރިޝްޔަމްގެ ފުރަތަމަ ބައިގައި ދައްކުވައިދެނީ ފުލުހުންގެ އިސް މީހެއްގެ ފިރިހެން ދަރިއަކު އަޖޭގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތެރޭގައި އޮޅިގެން މަރާލެވޭ މަންޒަރެވެ. އަދި އެކަމުން އޭނާގެ އާއިލާ ސަލާމަތް ކުރުމަށް އަޖޭ އާއި އޭނާގެ އައިލާ ކުރާ މަސައްކަތެވެ. ފުލުހުންގެ އިސް މީހާގެ ބައި ކުޅެނީ ތާބޫއެވެ. ތާބޫ މަސައްކަތް ކުރާތަން ފެންނަނީ އޭނާގެ ދަރިފުޅު ނުފެނިގެން ހޯދުމަށެވެ.

އެ ފިލްމުގެ ދެވަނަ ބައިގައި ދައްކުވައިދެނީ ތާބޫ އަޖޭ އާއި އޭނާގެ އާއިލާއަށް އަތަބު ދިނުމަށް ކުރާ މަސައްކަތެވެ. ނަމަވެސް އެއްވެސް ހެއްކެއް ނުލިބުމުގެ ސަބަބުން އަބަދު ނުދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ