Advertisement

ޣައްޒާއަށް ކުރި ވިއްސާރައިން ލިބުނު ގެއްލުމުން އަރައިނުގަނެވި، އާއިލާތައް ނިކަމެތި ހާލުގައި!

ފަލަސްތީނުގެ ޣައްޒާއަށް ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހި، އެކަމުން ލިބުނު ގެއްލުންތަކުން އަރައިނުގެނެވި، ޣައްޒާގެ އާއިލާތައް ނިކަމެތި ހާލުގައިވާ ދިރިއުޅެން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާއަށް މޫސުން ގޯސްވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕްތަކުގައި ފެންބޮޑުވެ، ދެ އަހަރުގެ ހަނގުރާމައިގައި ތެރޭ ގެއްލުން ލިބިފައިވާ އިމާރާތްތައް ބިމާ ހަމަވެ، ދެ ހަފްތާގެ ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން 12 މީހުން ވަނީ މަރުވެފައެވެ.

Advertisement

ފާއިތުވި ހަފްތާގައި ޣައްޒާގެ ބައެއް ހިސާބުތަކަށް 150 މިލިލީޓަރަށް ވުރެ ގިނަ ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ހައިޕޮތަރމިއާ ޖެހިގެން ދެ ހަފްތާ ވެފައިވާ ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ރިޕޯޓުކޮށްފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެނައުމަށްފަހު އިންޓެންސިވް ކެއާއަށް ބަދަލުކުރި ނަމަވެސް މިދިޔަ ހޯމަ ދުވަހު އެކުއްޖާ ވަނީ މަރުވެފައެވެ.

ކުއްލި ހާލަތުގައި މަސައްކަތްކުރާ މަސައްކަތްތެރިން ވަނީ ވެއްޓެން ގާތްވެފައިވާ އިމާރާތްތަކުގައި ނުތިބުމަށް ރައްޔިތުންނަށް އަންގައި، އެކަމަށް އިންޒާރު ދީފައެވެ. ޣައްޒާގެ ގާތްގަނޑަކަށް 80 އިންސައްތަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބި ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ