Advertisement
ލަންކާގައި ފެން ބޮޑުވެފައި. އެ ގައުމުގެ ގިނަ ސަރަހައްދުތަކުގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ލަންކާގައި ލެޕްޓޮސްޕައިރޯސިސް ފެތުރެމުންދާތީ އިންޒާރު ދީފި

އަވަށްޓެރި ލަންކާގައި ހިންގަމުންދާ މޫސުމީ ކާރިސާގައި ފެންބޮޑުވުމުން ތަޣައްޔަރުވެފައިވާ ފެން މެދުވެރިކޮށް ފެތުރޭ ސީރިއަސް ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށްވާ ލެޕްޓޮސްޕައިރޯސިސް ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ގައުމުގެ ހެލްްތް ބިއުރޯއިން ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށް، އެކަމަށް އިންޒާރެއް ނެރެފިއެވެ.

މިކަމާ ގުޅިގެން ބިއުރޯއިން ވަނީ ނޯޓިސްއެއް ނެރެފައެވެ. އެ ނޯޓިސްގައި އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ގޮތްތައް އެ ބިއުރޯއިން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ލެޕްޓޮސްފައިރޯސިސް ޖެހުމުގެ ފުރުސަތު އޮތް ގޮތްތައް:

– ތަޣައްޔަރުވެފައިވާ ފެންތެރޭ ހިންގުން ނުވަތަ އެ ފެންގަނޑު ސާފު ކުރުމުގައި ހަރަކާތްތެރިވުން

– ފެންބޮޑުވުމަށް ފަހު އެ ފެން ހިނދުމުން ވަޅުތަކާއި، ފެން ހިއްކުމުގެ ނިޒާމުތަކާއި، ކުނި ސާފު ކުރުމުގައި ހަރަކާތްތެތިވުން

– ފައިގަައި ޒަހަމްތަކެއް ހުރެ، އެތަންތަން ތަޣައްޔަރުވެފައިވާ ފެންގަނޑުގައި ޖެހުން

މަތީގައިވާ އެއްވެސް ކަމެއް ތަޖުރިބާކޮށްފައިވާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ބިއުރޯއިން ވަނީ އެ ފަރާތްތަައް ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އަންގާފައެވެ.

ހެލްތު ޕްރޮމޯޝަން ބިއުރޯއިން އިތުރަށް ބުނީ ފެންބޮޑުވުމުގެ ކާރިސާގެ އަސަރު ކުރި މީހުންނަށް ފުލް ޕްރިވެންޓިވް ޓްރީޓްމަންޓް (ޑޮކްސީސައިކްލިން) ހިލޭ ލިބޭނެ ކަމަށެވެ.

ސިއްހީ ހިދުމަތެއް ބޭނުންވެއްޖެނަމަ އެ ރައްޔިތެއް ހުރި ސަރަހައްދުގައި ހުންނަ ހެލްތް އޮފީހުގެ ލޯކަލް މެޑިކަލް އޮފިސަރު ނުވަތަ ޕަބްލިކް ހެލްތު އިންސްޕެކްޓަރަށް ގުޅުމަށް ބިއުރޯއިން ވަނީ ލަންކާގެ ރައްޔިތުންނަށް އަންގާފައެވެ.

ލެޕްޓޯސްޕައިރޯސިސް އަކީ އިންސާނުންގެ އިތުރުން ޖަނަވާރުންނަށް ވެސް ޖެހުން އެކަށީގެންވާ ބައްޔެކެވެ. ނަމަވެސް މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ.

ހަވާއީ، ފްލޮރިޑާ އަދި ޕުއެރްޓޯ ރީކޯގައި ފެންބޮޑުވުމުން އެމެރިކާގައި ލެޕްޓޮސްޕައިރޯސިސްގެ ބަލިމަޑުކަން ދުވަސްކޮޅެއްގައި ފެތުރިގެންދިޔައެވެ.

ބޯކޮށް ވާރޭވެހުމަށްފަހު ނުވަތަ ފެންބޮޑުވުމަށްފަހު މި. ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 1 މިލިއަނަށްވުރެ ގިނަ މީހުންނަށް ލެޕްޓޮސްޕައިރޯސިސް ޖެހޭ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 60،000 މީހުން އެކަމުގެ ސަބަބުން މަރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ