Advertisement

ތޫފާން ޑިޓްވާ: އިންޑިއާގެ ބައެއް ސްކޫލްތައް ބަންދުކޮށްފި

ތޫފާން ދިޓްވާއާ ގުޅިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ޗެންނާއީ، ތިރުވައްލޫރު އަދި ކަންޗީޕޫރަމް ޑިސްޓްރިކްޓްގެ ސްކޫލުތަކާއި ކޮލެޖްތައް މިއަދުގެ ނިޔަލަށް ބަންދު ކުރަން ނިންމައިފިއެވެ.

އެ ތިން ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް ކަލެކްޓަރު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ ނިޔަލަށް އެ ޑިސްޓްރިކްޓްގެ ހުރިހާ ސްކޫލެއް ބަންދުވާނެ ކަމަށެވެ.

Advertisement

އޮފިޝަލުން ވިދާޅުވީ، އެ ބަންދު ދުވަހެއް ކަނޑައަޅާފައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން އާންމުން ސަމާލުވެ ތިބުމަށާއި، ޒަރޫރީ ބޭނުމެއްގައި ދަތުރު ނުކުރުމަށާއި، ސްޓޭޓް ސަރުކާރާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ދޭ އިތުރު އިރުޝާދުތަކަށް އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު ކޭކޭއެސްއެސްއާރް ރާމަޗަންދްރަން ވިދާޅުވީ، ތޫފާނުގެ ސަބަބުން ޓެމިލް ނާޑޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

ޗެންނާއީ އާއި އެ ސަރަހައްދުގެ ޑިސްޓްރިކްޓްތަކަށް ވެސް އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކާއި ހައިވޭތަކާއި ތިރި ހިސާބުތަކުގައި ފެންބޮޑުވިއެވެ.

ދިޓްވާގެ ސަބަބުން މިއަދު ހެނދުނާއި ހަމައަށް ޗެންނާއީ އާއި ތިރުވައްލޫރު ޑިސްޓްރިކްޓްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި