Advertisement
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ

އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާ ހަވާލުކުރާނެ ބޭފުޅަކު ކަނޑައެޅުން ގައުމީ މަޖިލިހަށް ދޫކޮށްލަނީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވާތީ އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާނީ ގައުމީ މަޖިލީހުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހުސްވީ މެއި 2022 ގައި އެ މަގާމާ ހަވާލުވި ފައްޔާޒު އިސްމާއީލް އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ރޭ ނެރުނު ނޫސްބަޔާނެއްގައި އެ ޕާޓީން ބުނި ގޮތުގައި އެކަމާ ގުޅިގެން ލީޑާޝިޕްގެ ބައްދަލުވުމެއް ބާއްވައި ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

Advertisement

“ގައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޤައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށް،” އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި މި ކަންކަމުގައި އަމަލުކުރާނީ ހުޅުވައިލެވިފައިވާ މާހައުލެއްގައި އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ގައުމީ މަޖިލީހުން ނިންމާ ގޮތަކަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ. ފައްޔާޒު ވަނީ އެ މަގާމުގައި ތިން އަހަރާއި ހަ މަސްދުވަސް ހޭދަކުރައްވާފަ އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ