Advertisement

ބޮލީވުޑްގެ ލެޖެންޑް ދަރްމެންދުރަ މަރުވެއްޖެ

ބޮލީވުޑްގެ ”ހީ-މޭން” ގެ ނަމުން މަޝްހޫރުވެފައިވާ ލެޖެންޑް ދަރްމެންދުރަ (ދަރޭ) އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

ދަރޭ މަރުވި ހަބަރު މި އައީ ޕަންކަޖް ދީރް، ސަތީޝް ޝާހް އަދި އަސްރާނީ މަރުވިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. ދަރޭ މަރުވި ހަބަރާއެކު އޭނާގެ ފޭނުންނާއި އާއިލާ ވަނީ ފުން ހިތާމައެއްގައެވެ. ތައުޒިޔާގެ މެސެޖުތަކާއި ޕޯސްޓުތަކުން މުޅި މީސްމީޑިއާ އެ ހިތާމައިގައި ދަނީ ބައިވެރިވަމުންނެވެ.

Advertisement

ބޮލީވުޑްގެ މަޝްހޫރު ކުރީގެ ލެޖެންޑެއް ކަމަށްވާ ދަރްމެންދްރަގެ ހާލު ދެރަވެ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިނުމަށް ފަހު ގެޔަށް ފޮނުވާލިތާ އަދި ދެހަފްތާވެސް ނުވެއެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހު 90 އަހަރު ފުރޭ ދަރޭ މަރުވިއިރު، ފުރަތަމަ އަންހެނުން ޕްރަކާޝް ކޯރު، ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ދިއޯލް އާއި ބޮބީ ދިއޯލް، ދެވަނަ އަންހެނުން ހޭމާ މާލިނީ އަދި އަންހެން ދަރިން ކަމަށްވާ އީޝާ ދިއޯލް އާއި އަހާނާ ދިއޯލް ދުނިޔޭގައި އެބަތިއްބެވެ.

ދަރޭ އެންމެ ފަހުން ފެނިފައިވަނީ 2024 ވަނަ އަހަރު ރިލީޒްކުރި ޝާހިދު ކަޕޫރް އާއި ކްރިތީ ސަނޯން ކުޅެފައިވާ ފިލްމު ”ތޭރީ ބާތޯން މޭ އައިސާ އުލްޖާ ޖިޔާ” އިންނެވެ. ނަމަވެސް، ދަރޭގެ އެންމެ ފަހު ފިލްމު ވެގެންދާނީ ސްރީރާމް ރާގަވަންގެ ޑައިރެކްޝަންގައި އަގަސްތްޔާ ނަންދާ ލީޑް ރޯލުން ފެންނަ ”އިކްކީސް” އެވެ. މި ފިލްމަކީ ހަނގުރާމައިގެ ޑްރާމާއެއް، ދެވަނަ ލެފްޓިނެންޓް އަރުން ކެތަރްޕާލްގެ ހަޔާތުގެ ބަޔޯޕިކް އެކެވެ. އަދި މި ފިލްމުގެ މައިގަނޑު މައުޟޫއަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަނގުރާމައިގެ ބަސަންތަރް ހަނގުރާމައެވެ. ”އިކްކީސް” މި އަހަރުގެ ކްރިސްމަސްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާ 60 އަހަރު ފިލްމީ ދާއިރާގައި މަސައްކަތްކޮށް 300 އަށް ވުރެ ގިނަ ފިލުމު ކުޅެފައިވާއިރު ދަރުމެންދުރައަކީ އިންޑިއާގެ ސިނަމާތަކުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނިފައިވާ އެކްޓަރެކެވެ.

އޭނާ ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި “ޕޫލް އޯރް ޕައްތަރު”، “ޝޯލޭ، ޗުޕްކޭ ޗުޕްކޭ”، “އަޕްނޭ” އަދި “ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ” ފަދަ ފިލުމުތައް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

“ގޮވިއްޖެ ނަދުރުން” މަޝްހޫރުވި ނުފޫޒުގަދަ ފިލްމީ ބައްޕަ ނައީމް ނިޔާވެއްޖެ