ސައުދީ އަރަބިއްޔާގެ މަދީނާގައި މީހުން ދިރިއުޅެމަށް ހަދާފައިވާ އެޕާޓްމެންޓެއްްގެ ތެރެއިން ހަށިވިއްކަން ތިބި ދެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މަދީނާގައި ހުރި އެޕާޓްމެންޓްގެ ތެރެއިން ހަށި ވިއްކަން ތިބި ތިން މީހަކު ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ޖެެނެރަލް ޑިރެކްޓަރޭޓް ފޯ ކޮމިއުނިޓީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ސައުދީ ގެޒެޓްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ޝާމިލްވާ މީހުންނަށް ފިޔަވަޅު އަޅާނެއެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެންގުމަށް “އިމްމޯރަލް އެކްޓްސް” ގެ ނަމުގައި ފުލުހުންގެ ޔުނިޓެއް ކަނޑައެޅި ފަހުން ހަށި ވިއްކުމާއި އަދި ސަލާން ޖެހުމުގެ ކުށުގައި ތުހުމަތު ކުރެވި 50 އަށް ވުރެ ގިނަ މީހުން ވަނީ މީގެ އެތައް މަހެއް ކުރިން ހައްޔަރުކޮށްފައެވެ.
މިނިސްޓްރީ އޮފް އިންޓީރިއާގައި ހެދި މި އާ ޔުނިޓްގެ ދަށުން ހަށިވިއްކާ 11 އަންހެނަކު ވަނީ ހައްޔަރު ކުރެވިފައެވެ. މި ފަދަ އަމަލުތައް ހިނގަމުންދާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާކާން ސައުދީގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ދެނެގަނެވިފައެވެ.
މިހާތަނަށް މި ގޮތުން ހައްޔަރު ކުރެވިފައިވަނީ އެހެން ގައުމުތަކުން ސައުދީ އަށް ގޮސް މަސާޖު ޕާލާތަކުގައި މަސައްކަތް ކުރާ އަންހެނުންނާއި އަދި މަގުމަތީގައި ސަލާން ޖަހަން މަސައްކަތް ކުރާ ކުޑަ ކުދިންނެވެ.


ކިޔުންތެރިންގެ ހިޔާލު