Advertisement

އާލިއާގެ “އަލްފާ” އަންނަ އަހަރަށް ލަސްކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓުގެ ފިލްމު “އަލްފާ” އެޅުވުން ލަސްކޮށްފިއެވެ.

އާލިއާ ބަޓް އާއި ޝަރްވަރީ ސްޓާރުންގެ ގޮތުގައި ފެނިގެންދާ “އަލްފާ” ކުރިން އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

ނަމަވެސް މި ފިލްމު މިހާރު އެޅުވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ފިލްމު އުފައްދާފައިވާ ޔަޝް ރާޖް ފިލްމްސްއިން ބުނެފައިވެއެވެ.

މި ފިލްމަކީ ސްޕައި ޔުނިވާސް ދަށުން ފުރަތަމަ ފަހަރަށް އަންހެން ފަންނާނަކު މައިގަނޑު އެކްޝަން ރޯލްއަކަށް ކާސްޓްކޮށް އުފައްދާ ފިލްމެވެ،

އެހެން ކަމުން މި ފިލުމުގައި ދައްކާ މަންޒަރުތައް އެންމެ ފުރިހަމަ ނިންމާ އަދި ފިލުމުގެ ވިޝުއަލް މަސައްކަތްތައް އެންމެ ފެންވަރު ރަނގަޅަަށް ގެނެސް ދިނުމަށްޓަކައި އިތުރަށް މަސައްކަތް ކުރަމުން ދިއުމާއި އެކު ފިލުމު އެޅުވުން ލަސްވަނީ ކަމަށް ފިލުމު އުފައްދާ ޔަޝް ރާޖް ފިލުމުސް އިން ބުނެފައިވެއެވެ.

އާލިއާ ބަޓް އާއި ޝަރްވަރީ ފެނިގެންދާ މި އެކްޝަން ފިލުމުގައި އިތުރު ތަރިންގެ ތެރޭގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލު މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޕްލޭ ސްޓޭޝަނަށް ގޭމް ސީޑީ އުފެއްދުން ހުއްޓާލަނީ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ކޮކްޓެއިލް 2 ނެރެފި

ނޭމާއަށް ތިންވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި

“ވިޒިޓް ފޯކައިދޫ” އިފްތިތާޙުކުރުމުގެ ޝަރަފުވެރި މެހެމާނަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިބޫތީ ޝަރުމާ ހަމަޖައްސައިފި